ކުޑަކުއްޖެއްގެ މެޔަށް ބަޑި ޖަހައި، ގަޑިއިރެއް ވަންދެން މަރަށް ތެޅެން ދޫކޮށްލާފައި އޮއްވައި ޝަހީދުވެއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އިޒްރޭލުގެ ޔަހޫދީ ސިފައިން ހަމަލާދީ ފަލަސްތީންގެ 13 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މުހައްމަދު ހާލިދު ޒައިދު ޝަހީދުކޮށްލީ ޖަލަޒޮން ރެފިއުޖީ ކޭމްޕު ކައިރީގައި އުޅެނިކޮށް މެޔަށް ހަމަލާދީގެންނެވެ.

އަދި އޭނާ ރާމަﷲ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ފަލަސްތީންގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުން، އެ ކުއްޖާއަށް ހަމަލާ ދިނުމަށްފަހު ގާތްގަނޑަކަށް ގަޑިއިރެއްހާއިރު މަރަށް ތެޅެން ބޭއްވި އެވެ. ފަލަސްތީންގެ އެމްބިއުލާންސް ހިދުމަތަށް އެކަން އެންގީ އެއަށްފަހު ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި 419 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 110 ކުޑަކުދިން ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.