ހައްޖު ކޯޕަރޭޝަންގެ ޗެއާމަނަކަށް ޝައިހް މުހައްމަދު ރަޝީދު

A
19 މެއި 2024 11:301 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަނަކަށް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އައްޔަންކޮށްފި އެވެ.

ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ބޭބެ، ޝައިހް މުހައްމަދު ރަޝީދު އެ މަގާމަށް އައްޔަން ކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާންކޮށްފަ އެވެ

ޝައިހް މުހައްމަދު ރަޝީދަކީ އަރަބިއްޔާ ސްކޫލުގެ ކުރީގެ މުދީރެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި އެވެ.

އޭގެ ފަހުން ހަމަ އެ ވެރިކަމުގައި ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމު އޭނާއާ ހަވާލުކުރެއްވި އެވެ. އޭގެ ކުރިން އެ ކުންފުނީގެ މެނޭޖަރަކަށްވެސް ހުންނެވި އެވެ.

ޝައިހް މުހައްމަދު ރަޝީދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއަކަށްވެސް މަސައްކަތް ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ