ރޯދަމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ރޯދަ މަހަށް ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި އެވެ.

ފަރުމަސް ބާނާ މީހުނަށް ހާއްސަކޮށްގެން މަސް މާރުކޭޓް ހަދާފައިވަނީ ޑިންގީ ހާބަރު ސަރަހައްދެވެ. ލޯކަލް މާރުކޭޓް ހަދާފައިވަނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގަ އެވެ.

އެޗްޑީސީން ބުނީ، އެ މާރުކޭޓުގެ ގޮޅިތައް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ރޯދަމަހުން ފެށިގެން ދެ މަސް ދުވަހަށް އެ މާރުކޭޓް އެތަނުގައި ހުންނާނެ ކަމަށެވެ.

ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތް ކުރާއިރު މި ރޯދަމަހުގައި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.