އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 60 ޓަނުގެ ކުނި ނަގައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 60 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލުންވެސް ކުރަމުން އަންނައިރު، ސިޓީ ކައުންސިލުން އިއްޔެ އެކަނިވެސް ވަނީ 60 ޓަނުގެ ކުނި ނަގައިފަ އެވެ. އެ ކުނި ނަގާފައިވަނީ 26 މަގަކުންނެވެ.

ކުނި ނެގި ގޮތުގެ ތަފުސީލު:

  • 1.5 ޓަނުގެ 16 ޕިކަޕުގެ ކުނި

  • 2 ޓަނުގެ 1 ޕިކަޕުގެ ކުނި

  • 350 ކިލޯގެ 26 ޕިކަޕުގެ ކުނި

  • 3.5 ޓަނުގެ 1 ޕިކަޕުގެ ކުނި

  • 3 ޓަނުގެ 7 ޕިކަޕުގެ ކުނި

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.