ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި

އ
8 ފެބްރުއަރީ 2026 16:371 މިނިޓުގެ ކިޔުން
Aa

ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކޮށް، ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށްފިއެވެ.

ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ ކޮންމެ އަހަރަކު މުރާޖައާކުރަން ޖެހޭ ލިސްޓެކެވެ.

ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުގައި ޝާއިއުކުރި ލިސްޓުގައިވާ ގޮތުން، ސީރިއާއަށް ދިވެހިން ދަތުރުކުރުމަށް މިހާރު ހުރަހެއް ނެތެވެ. އަދި 2019 އިން ފެށިގެން ލިސްޓުގައި އޮތް އެޗްޓީއެސް ޖަމާއަތުގެ ނަން ވަނީ އުނިކޮށްފައެވެ.

ރާއްޖެއިން އެ ބަދަލު ގެނެސްފައިވާ އިރު، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް މިހާރު ސީރިއާގެ ވެރިކަންކުރާ ޖަމާއަތް އެޗްޓީއެސް ބަލައިގަނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.