ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް

އ
17 ފެބްރުއަރީ 2026 00:25އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެމްޑީޕީން ހައްގުތަކަށް ބަލައިނުލާ ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެ ޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް ރަސްފަންނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރެއްގައި ތިބޭއިރު މިއިން ކޮންމެ ބޭފުޅަކުވެސް، ކޮންމެ ސިޔާސީ ލީޑަރަކުވެސް ހަރުއަޑުން ހައްގުތަކުގެ ވާހަކަދައްކަވާނެ ކަމަށެވެ.

”އެހެންނަމަވެސް ސަރުކާރެއް ނިމި، ތިމާމެން ސަރުކާރު ޖަވާބުދާރީކުރުވަން ނުކުތީމަ އެއެއް މިއެއް ބަލައިނުލާ. އެންމެ ކައިރީގައި ހުންނަ މީހާގެ އާއިލާގެ މަންމައެއް، ބައްޕައެއް، ދައްތައަކަށް ވެސް އިހުތިރާމުކުރުމެއް ނޯވޭ. އެހެންނަމަވެސް މި ސަގާފަތް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ އެއްފަރާތްކުރަން،“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ކޮންމެ ދަރިއަކީ ވެސް، އެ ދަރީގެ މުސްތަގުބަލަށްޓަކައި ބޭނުންވާނެ ކަމެެއް ހާސިލުކުރުމަށްޓަކައި އެކަން ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރާއި ހައްގުތަކަކީ، ރާއްޖޭގައި ހެދިފައި ހުރި ގާނޫނުއަސާސީން، އަދި ބައިނަލްއަގުވާމީ އަޅުގަނޑުމެން އެއްބަސްވެފައި ހުރި މުއާހަދާތަކުން ވެސް ޔަގީން ކަށަވަރުކޮށްދީފައި ހުރި ކަންކަން ކަމަށެވެ.

”އެހެންނަމަވެސް ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުގެ ސަބަބުން އޭގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން މުޖުތަމައު ނޫނީ ޝޯޝަލް މީޑިއާގައި ދެއްކޭ ވާހަކަތަކުން ބޭއިންސާފު ލިބިގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޅަދަރިންނަށް އޭގެ ނޭދެވޭ އަސަރުކޮށް، ނަފުސާނި ބަލިމަޑުކަމަކަށް މުޅި ގައުމު ހުށަހެޅިގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.