ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އ
19 ފެބްރުއަރީ 2026 20:32އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސް ޒިޔާރަތްކުރެއްވި އިރު، ގިނަ އަދަދެއްގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.

މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި މިނިސްޓަރުންނާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންްގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވާދަކުރަނީ ވެސް ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުންނެވެ. އިންތިހާބަކާ ނުލައި ޖުމުލަ 69 ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު، އޭގެ ތެރެއިން 28 ގޮނޑިއަކީ ކައުންސިލުތަކުގެ ގޮނޑިތަކެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.