ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފި

އ
26 ފެބްރުއަރީ 2026 00:521 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ހިދުމަތުުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު، ރިޓަޔާކުރެއްވި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފިއެވެ.

ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. އޭގެ އިތުރުން ވަގުތީގޮތުން ފުލުހުންގެ ހިންގެވުމާ ހަވާލުވެހުންނެވި ފަރުހާދު ފިކުރީ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ނަވީންގެ ލީޑަޝިޕާއި އެއްބާރުލުމާއި މުޖުތަމައަށް ހިދުމަތްކުރެއްވި އަހަރުތަކަށް އަލިއަޅުވާލައި ވަނީ ޝުކުރު އަދާކޮށްފައެވެ.

ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ނަވީން ރިޓަޔާކުރެއްވީ މިމަހުގެ 18 ގައެވެ. ނަމަވެސް އޭނާ ރިޓަޔާކުރެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

ނަވީން ރިޓަޔާކުރައްވާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުނި ”ޕޮލްކޯ“ އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާއާއެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.