ފުވައްމުލަކުގައި ހެދި ޗާލު، މަސްޖިދުލް ހުދާ ހުޅުވައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފުވައްމުލައް ސިޓީ މިސްކިތްމަގު އަވަށުގައި ހެދި މަސްޖިދުލް ހުދާ ހުޅުވައިފި އެވެ.

މިސްކިތްމަގުގައި ހުރި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ލިލީ މިސްކިތް ތަޅާލައި، އެ ތަނުގައި ދެ ބުރީގެ މިސްކިތެއް ހަދަން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021ގަ އެވެ.

އެ މަސައްކަތް ހަވާލުކުރީ އަމޭން ކޮންސްޓްރަކްޝަނާ އެވެ.

ދައުލަތުގެ ބަޖެޓުން 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި އެ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ މިސްކިތް މިއަދު ހުޅުއްވައިދެއްވީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނު އަލް އައުޒަމް، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.