ބަހްރެއިންގައި ހުންނަ އެމެރިކާ ވައިގެ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

މ
3 މާރިޗު 2026 11:10އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ބަހްރެއިންގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ، ބަހްރެއިންގެ ޝައިހް އީސާ ސަރަހައްދުގައި ހުންނަ އެމެރިކާގެ އެއާ ބޭސްއަށް ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އެގޮތުން އެ ހަމަލާތަކުގައި 20 ޑްރޯން އާއި ތިން މިސައިލް ބޭނުންކުރި ކަމަށާއި އެ ހަމަލާގައި އެމެރިކާގެ ވައިގެ މަރުކަޒުގައި ހުންނަ މައި ކޮމާންޑް އެންޑް ހެޑްކުއާޓާޒް އިމާރާތް ބިމާ ހަމަކޮށްލައި، ފިއުލް ޓޭންކުތަކުގައި ރޯކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ބަހްރެއިންގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.