ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ

މ
3 މާރިޗު 2026 13:161 މިނިޓުގެ ކިޔުން
Aa

ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1،374،481 ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ އެއީ ފެބްރުއަރީ 18 އިން ފެބްރުއަރީ 24 އަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ކަމަށެވެ

ޒަކާތު ހައުސް އިން ވަނީ އޮންލައިންކޮށް، ޖުމްލަ ހަތް ޕްލެޓްފޯމެއް މެދުވެރިިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ ޕްލެޓްފޯމްތައް

  • ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް

  • އުރީދޫ، އެމްފައިސާ މޯބައިލް އެޕް

  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް

  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް

  • ފަހިޕޭ މޯބައިލް އެޕް

  • އަވަސް މޯބައިލް އެޕް

  • ބަނޑޭރި ޕޭ ވެބްސައިޓް

ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ

އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށްގެން، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އިސްލާމީ މަރުކަޒުގައި ވަނީ ހަމަޖައްސައިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް

  • އާދައިގެ ހަނޑޫ: 12ރ.

  • ތައިލެންޑް ހުދު ހަނޑޫ: 53ރ.

  • ރަތް ހަނޑޫ: 96ރ.

  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.

  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ.

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.

  • އާދައިގެ ފުށް: 10ރ.

  • އާޓާ ފުށް: 75ރ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.