ފުޅަދޫ ރަށު ތެރޭގައި ފަތުރުވެރިން ބިކިނީ ލައިގެން އުޅޭނަމަ ޖޫރިމަނާކުރަނީ

އ
3 މާރިޗު 2026 20:371 މިނިޓުގެ ކިޔުން
Aa

ބ. ފުޅަދޫގެ އާންމު ސަރަހައްދުތަކުގައި ފަތުރުވެރިން ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ނަމަ، އެ ފަތުރުވެރިން ގެނެސް ހިދުމަތްދޭ ގެސްޓްހައުސްތައް 750 ރުފިޔާ އިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ފުޅަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އާންމު ތަންތަނުގައި ފަތުރުވެރިން މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފަށް ހެދުން އަޅައިގެން އުޅޭކަމުގެ ޝަކުވާ ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މިހާރު ގޮތެއް ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ކުރިއަށްއޮތް ތަނުގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިއަކު ހެދުން އަޅައިގެން އުޅޭކަން ފާހަގަކުރެވިއްޖެ ނަމަ، އެ ފަތުރުވެރިޔަކު ނިސްބަތްވާ ގެސްޓްހައުސްއެއް ބަލައި، އެ ތަނެއް 750 ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.