ކުވެއިތު އެއާޕޯޓުގެ ތެޔޮ ޓޭންކަކަށް ހަމަލާދީފި

އ
25 މާރިޗު 2026 11:171 މިނިޓުގެ ކިޔުން
Aa

ކުވެއިތް އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް ދީފި އެވެ.

ކުވައިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ހަމަލާއާ ގުޅިގެން ތެޔޮ ޓޭންކުގައި އަލިފާން ރޯވުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށައި، ލިބުނު ގެއްލުންތައް ވަނީ ކުޑަކުރެވިފަ އެވެ. ނަމަވެސް މި ހާދިސާ ދިނީ ކޮންބައެއް ކަމެއް ނުބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން ކުވައިތުގެ އަސްކަރިއްޔާ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ވައިގެމަގުން އަންނަ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ހަމަލާއާ ގުޅިގެން އެއާޕޯޓު ބަންދުކުރިކަމުގެ ރަސްމީ ރިޕޯޓެއް އަދި ނެތެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.