ވައިގެ މަގުން މުދާ ރީ-އެކްސްޕޯޓް ކުރަން ފަށަން އެމްޕީއެލް ތައްޔާރު، ވަންނަ ޑޮލަރު އިތުރުވާނެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ، ވައިގެ މަގުން ރީ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، އެއް ގައުމުން އެތެރެކުރާ މުދާ އެހެން ގައުމަކަށް އެކްސްޕޯޓް ކުރުމަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށެވެ.

އެގޮތުން އެމްޕީއެލް އިން ރީ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑަލް ކުރުމާ ގުޅޭ ގޮތުން އެއާލައިންތަކާ ވާހަކަދެކެވި އެއްބަސްވުންތަކާ ހަމައަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

”ވަރަށް ގިނަ މުދާ އެބަހުރި ކޮލޮމްބޯ މަގުން ރާއްޖެ އައިސްސަ، ދެން އެމީހުން ބޭނުންވޭ، ރާއްޖެ އަންނަ މުދާތައް ވައިގެ މަގުން ތަންތަނަށް ފޮނުވަން، އެއަރލައިންތަކަކާއިވެސް ވާހަކަދެކެވި، އެކްސްޕޯޓުކުރަން ރެޑީވެފައި ހުރީ،“ ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރީ އެކްސްޕޯޓް ކުރަން ފެށުމުން އެމްޕީއެލްއަށް ލިބޭ ޑޮލަރު އިތުރުވެ، ރާއްޖޭގެ ޑޮލަރުގެ މާކެޓަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.