ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް

އ
15 އޭޕްރީލް 2026 19:351 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

”ހަފްތާ“އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ރަށެއްގެ ސްކޫލެއްގައި ގްރޭޑު 11 ގައި ކިޔަވަމުންދާ ކުއްޖެކެވެ.

ފުލުހުން ބުނީ އެ މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.