ހަފްތާ ފޮޓޯ

"އައިޝާ" ޑޮކިއުމެންޓަރީ މައްސަލައިގައި ފުލުހުން އަދަދު އޮފީސް ބަލައި ފާސްކުރަނީ

އ
27 އޭޕްރީލް 2026 21:331 މިނިޓުގެ ކިޔުން
Aa

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރުން

”އަދަދު“ ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ބައެއް ފުލުހުން އަދަދު ނޫހުގެ އޮފީހުގެ ތެރޭގައި ބަލައި ފާސްކުރުމުގެ މަސައްކަތްކުރަމުންދާ އިރު، އެތެރެއަށް ބަޔަކަށް ނުވަދެވޭ ގޮތަށް ބައެއް ފުލުހުން ތިބީ ބޭރުގައެވެ.

އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަމުންދަނީ ”އައިޝާ“ ނަމުގައި ހެދި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ފުލުހުން ބަހެއް ބުނެފައެއް ނުވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތުހުމަތުތައް ރައީސް ދޮގުކުރެއްވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.