ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ރޯދަ މަހާ ދިމާކޮށް މި އަހަރުވެސް ސައުދި އަރަބިއާ އިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން ފާއިތުވި ދެ އަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކުރި އެވެ.

މިދިޔަ އަހަރު ކަދުރު ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ ކޮންމެ މީހަކަށް އެއް ޕެކެޓް ކަދުރެވެ. އެއަށްފަހު ބާކީވި ބައި ބަހާފައިވަނީ ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރެވެ.

ނަމަވެސް މިއަހަރު ކަދުރު ބަހަން ނިންމާފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަދުރު ބަހަން ފަށާނީ ކޮން ދުވަހަކު ކަމެއް އަދި މިނިސްޓްރީން ނުބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.