ރިސޯޓަކުން ކަޔަކެއްގައި ނުކުތް މީހަކު ގެއްލިއްޖެ

A
19 މެއި 2024 13:311 މިނިޓުގެ ކިޔުން
Aa

ގދ.އަތޮޅުގައި އޮންނަ ރަފުލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން ކަޔަކް އެއްގައި ނުކުތް މީހަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ރިސޯޓުން ގެއްލުނީ ރިސޯޓްގެ ދޯންޏެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒަފެކެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރުފަހު 3:30 އެހާކަށް ހާއިރު ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ އިރު، ރާއްޖޭގެ ބޮޑު ބަޔަކަށް އަދިވެސް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ