އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރަންޖެހެއެވެ.

އެސްޓީއޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅާ ކަމަށެވެ. އަދި އެ ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއި އިންތިހާބުގައި ވާދަކުރުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެސްޓީއޯގެ އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް އެ ކުންފުނީގެ އިއުލާނުގައި ވަނީ ހިމަނައިފަ އެވެ. އެ މަގާމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 8 އޭޕްރީލް 2024ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެކަމަށް އެދި ހުށަހަޅަން ޖެހެނީ cs@sto.mv އަށެވެ.

އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.