ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނެގުމުން: ފަހުމީ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ހުޅުމާލެއިން ރޭގެ ވަގުތެއްގައި އަދި މިއަދު ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނެގުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުރުމަށްފަހު އެތެރެއަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާފައިވާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

”ރޭ ފަތިހު އަދި މިރޭ ހުޅުމާލެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން،“ ފަހުމީ ވިދާޅުވިއެވެ.

ޓްރާންސްފޯމަރުތައް ވަގަށް ނެގުމަކީ ނުރައްކާތެރިކަމެއް އެކަންކުރާ މީހާއަށް ދިމާވެދާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކަންކަންކުރާ މީހުންނަށް އަވަހަށް ފިޔަވަޅު އަޅައި ދިނުމަށާއި ވަގަށް ނަގައިގެން އެތަކެތި ގަންނަ މީހުންނަށް ވެސްފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.