ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ފުރަތަމަ ބައްދަލުވުން އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބާއްވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދެ ގައުމުގެ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުދާތަކުގެ ތެރޭގައި ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އަދި ރާއްޖެއަށް ތުރުކީން އެކްސްޕޯޓް ކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތަކުގެ އިތުރުން މުހިންމު އެހެނިހެން ބާވަތްތަކުގެ މުދާތަކުން ލުއިތަކެއް ދިނުމަށް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.