ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބައިގެ ތަކެއްޗަށް ގެއްލުން ދީފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މާލޭ ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ތަކެއްޗަށް ގެއްލުން ދީފި އެވެ.

މާލެ ސިޓީ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.

އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ މިސްކިތުގެ ފެން އިސްކުރުތައް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެފަދަ ނާތަހުޒީބީ ކަންކަން ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ދެ މިސްކިތުގެ ފެން އިސްކުރުތައް ހަލާކުކޮށްފައިވަނީ ކޮން އިރަކު ކަމެއް، އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށް މޮނީޓާ ކުރަމުންދެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.