ސިއްހީ މައްސަލައަކާ ހެދި ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރެއްވުން މެދުކަނޑާލައްވައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އަދި ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށް ވެސް އެދިވަޑައިގެންފަ އެވެ.

”ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް. މާތް ﷲ ތައުފީގު ދެއްވާށި،“ ޝަހީމުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޝަހީމަށް ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.