ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަންގެ ބޯފެން ލިބިއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ޗައިނާއިން، ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން މިއަދު ރާއްޖެއަށް ލިބިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޖިން ހައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ރާއްޖެ ވަޑައިގެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައި ކަމަށެވެ. އެ ބައްދަލުވުމުގެ ތެރެއިން ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޖިން ހައި ވަނީ ރާއްޖެއަށް 1،500 ޓަނުގެ ބޯފެން ހަދިޔާކުރަން ނިންމާފައިވާކަން ހާމަކޮށްފައި ކަމަށެވެ.

އެ ފެނަކީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ އަދި ޓިބެޓް ސަރަހައްދުގައި ހިމެނޭ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ”ޓިބެޓް 5100“ ބްރޭންޑުގެ ފެނެވެ.

”ސަރުކާރުން ނިންމާފައި ވަނީ، މި ފެން ބޭނުންކުރަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިތަކަން ދިމާވާ ހާލަތުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރިކޮށްދިނުމަށް“ ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.