މާލޭ މިސްކިތެއްގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނަގައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މާލޭ ‏ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ފަންކާ ވަގަށް ނެގީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފަންކާތައް ވަގަށް ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތަކާއެކު މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

މާލޭ މިސްކިތެއްގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގި އިރު، މީގެ ހަފުތާއެއް ކުރިން މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބައިގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.

އެގޮތުން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުން ދިން އިރު، އެ މައްސަލަތައްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.