ދުނިޔޭގެ އެންމެ ބޮޑު ހަރުފަ މަރާލާފައި އޮއްވާ ފެނިއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ދުނިޔޭގެ އެންމެ ބޮޑު ހަރުފަ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

އަނާ ޖޫލިއާގެ ނަން ދީފައިވާ އެ ނޮދާން ގްރީން އެނަކޮންޑާއަކީ 26 ފޫޓަށްވުރެ ދިގު އަދި ބަރުދަނުގައި 440 ޕައުންޑުގެ ހަރުފަ އެކެވެ. އެ ހަރުފަ ފެނިފައިވަނީ މީގެ ފަސް ހަފުތާގެ ކުރިން ބްރެޒިލްގެ އެމަޒަން ރެއިންފޮރެސްޓުންނެވެ.

އެ ހަރުފަ އާންމުންގެ ސަމާލުކަމަށް އައީ ޓީވީ ވައިލްޑްލައިފް ޕްރެޒެންޓަރު އަދި ނެދަލެންޑްސްގެ ބަޔޮލޮޖިސްޓް ޕްރޮފެސަރު ފްރީ ވޮންކް އެ ހަރުފައާއެކު ފަތާފައިދާ ވީޑިއޯއަކާއެކު އެވެ.

އެ ހަރުފަ މަރާލާފައި އޮއްވާ ފެނުނީ ދެކުނު ބްރެޒިލްގެ ފޯމޯސާ ކޯރު ކައިރީގައި މިދިޔަ އާދީއްތަ ދުވަހު އެވެ. ހަރުފަ މަރާލާފައިވަނީ ޝިކާރަކުރާ މީހުން ކަމަށްވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.