ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް, އެހެން ދަރިވަރަކަށް ބުލީކުރާ މައްސަލައެއް ތަހުގީގުކުރަނީ

މ
8 ނޮވެމްބަރު 2026 12:28އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް, އެހެން ދަރިވަރަކަށް ބުލީކުރާ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ, ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް, އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދ. އަތޮޅުގެ މަދަރުސާއެއްގައި ކިޔަވާ ދަރިވަރުންތަކެއް, ޓިކްޓޮކް ވަގު އެކައުންޓެއް ހަދައިގެން އެ މަދަރުސާގައި ކިޔަވާ ކުއްޖަކަށް ބުލީ ކުރަމުން ގެންދާ މައްސަލައެއްގައި ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.