ރާއްޖޭގައި ދައްކާލި އިންސާނުން އުފުލާ ޑްރޯން މިއަދު މާލެއިން ވިލިމާލެއަށް ދަތުރެއްކުރަނީ

މ
8 ނޮވެމްބަރު 2026 14:38އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި ދައްކާލި އިންސާނުން އުފުލާ އިލެޓްރިކް ޑްރޯން ނުވަތަ އީވީޓޯލް މަތިންދާބޯޓުގެ ދަތުރެއް މިއަދު މާލެއިން ވިލިމާލެއަށް ކުރަން ނިންމައިފި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ, އެ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3:00 އެސްޓީއޯ ހެޑް އޮފީސް ކައިރިން ވިލިމާލެއަށެވެ.

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ އެއް ސީޓުގެ ”ޑްރީމް އެސްޓީ“ މޮޑެލްގެ އީވީޓޯލް އުޅަނދު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައެވެ.

އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ. މިއީ ތިމާވެއްޓާވެސް ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެއް ބޭނުންކުރާ އުޅަނދެކެވެ.

Read in English
Passenger-carrying drone showcased in Maldives to fly from Malé to Vilimalé today
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.