މަގުތަކަށް ކުނި އަޅާ މައްސަލަ ހައްލުކުރަން ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި

A
10 މާރިޗު 2024 19:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯއިން އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ ރޯދައާ ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެ، ކުނި އުކާލުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާދަމާގެ 23:59 ގެ ނިޔަލަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެ ކަމަށް ބުންޏެވެ.

ވެމްކޯ އިން ބުނީ، ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށެވެ.

އާންމުން ގެންނަ ބޮޑެތި ކުނި ހިލޭ އުކައިދިން ނަމަވެސް، ވިޔަފާރިތަކުން ގެންދާ ކުނި އުކާލަދޭނީ މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން އެންޓްރީ ފީގެ 150ރ. އާ އެކު، ކިލޯއަކަށް 75 ލާރީގެ މަގުންނެވެ.

ވެމްކޯއިން ބުނީ ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް މިހާރު އޮންނަ އުސޫލުގެ ތެރެއިން ކިލޯއަކަށް 2.66ރ. ދައްކަން ޖެހޭނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.