ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރިކަމުގެ މައުލޫމާތެއް ނެތް: އެމްއެމްއޭ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ އެމްއެމްއޭ ހާޒިރުކޮށްފައެވެ. ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލުގައި ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކަށް، އެގައުމުން ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގެ ތަފުސީލު ހިއްސާ ކޮށްދިނުމަށް އެދޭ ކަމަށެވެ.

އިމާދު ”ޗައިނާ ލޯނުތައް ރީސްޓްރަކްޗާ ކުރެވުނު ކަމުގެ ރަސްމީ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،،“ ކަމަށެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ޗައިނާއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލޯނު ދެއްކުމުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނައުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.