TMA

ސީޕްލޭން އެކްސިޑެންޓުގައި އަނިޔާވި ކްރޫއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި

ގ
11 ނޮވެމްބަރު 2026 20:581 މިނިޓުގެ ކިޔުން
Aa

ސީޕްލޭން އެކްސިޑެންޓުގައި އަނިޔާވި ކްރޫއަށް ފަރުވާދެމުން ގެންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ކަމަށް ހަފްތާ އަށް މައުލޫމާތު ލިބިއްޖެއެވެ.

ޓީއެމްއޭގެ ބޯޓެއްގެ ކަނދު ބިންދައިގެން ގޮސް މިއަދު ހިނގި ހާދިސާ ހިނގީ ފަސިންޖަރުން އަރުވާ، ފުރަން ތައްޔާރުވެފައި އޮތް ބޯޓެއްގެ ކަނދު ބިންދައިގެން ގޮސްގެން މިއަދު މެންދުރުފަހުއެވެ.

" ހަފްތާ" އަށް މައުލޫމާތު ދިން ފަރާތުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މިހާރު ކޮންމެވެސް ވަރަކަށް ހާލުރަގަޅުވަމުންއަންނަކަށާއި އެހެންނަމަވެސް އަދިވެސް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގަ ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ކައިރީގައި ބާއްވާފައި އޮތް ސީޕްލޭނެއް އެއްފަރާތަކަށް އަރިއަޅާލާފައިވާތަނެވެ.

މި ހާދިސާ އާ ގުޅޭގޮތުން ޓީއެމްއޭ އިން ވެސް އަދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.