ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

A
10 ޖޫން 2024 19:442 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ގެޒެޓްކޮށްފިއެވެ.

ފުލުހުންގެ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3، ސީނިއަރ ސާޖަންޓް ގްރޭޑް 1 އަދި 2 ގެ މަޤާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެންނެވެ. ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

މި މަގާމުތަކުގެ ތެރެއިން ކޮންސްޓަބްލްގެ މަގާމުގެ ޝަރުތުތައް:

  • – އެސް.އެސް.ސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން ”ސީ“ ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ”ސީ“ ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

  • – ފިރިހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 ފޫޓް ހަމަވުން،

ކޮންސްޓަބަލް މަގާމަށް ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް ދެންނެވިފައިވާ އިސްކޮޅު ހަމަނުވިކަމުގައިވީނަމަވެސް ފޯމު ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތުތައް

  • އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.

ސާޖަންޓް ގްރޭޑް 3 މަގާމުގެ ޝަރުތުތައް

  • އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ސީނިއަރ ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތު

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

ސީނިއަރ ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތު

  • އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާސިލްކޮށްފައިވުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.