މިއީ ސަރުކާރުން ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯދައިދިން ރޯދަމަސް: ރައީސް އޮފީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯދައިދިން ރޯދަމަސް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ގައި ރޯދަމަހުގެ ފަހު 10ގެ ދުވަސްތައް ސަރުކާރު ބަންދުކުރަން ނިންމެވީ، ރޭ އަޅުކަމަށް ފުރުސަތުދީ، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

އެހެންކަމުން އެ ފުރުސަތުގެ ބޭނުންހިފައި ރޯދަމަހުގެ ފަހު 10ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ، އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މި އަހަރުގެ ރޯދަމަހަކީ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން އެފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރު ކަމަށެވެ.

އަދި ރޯދަމަހުގެ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަންޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމާފައިވާ ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، މި އަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯދައިދިން ރޯދަމަހަށް ވާނެ ކަމަށެވެ.

އެގޮތުން ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް އެޅި ކަމަށާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ބެހުމުގެ އިތުުރުން ރޯދަމަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދިނުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މައާފުކޮށްދޭން ނިންމިކަން ރައީސް އޮފީހުން ފާހަގަކުރި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.