ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މަގު ދަނޑީގައި، ހާލު ސީރިއަސްވެގެން މާލެ އަށް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ވެގެން މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ

ފުވައްމުލަކު ދޫނޑިގަން އަވަށުގައި ރޭ 11:43 ހާއިރު އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ.

އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުން ނެވެ. އަދި ރޭ ފަތިހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ އިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.