ގުރޫޕަކުން މީހަކު ގެއަކަށް ގެންގޮސް ރަހީނުކޮށް، މާރާމާރީ ހިންގައި ފޭރިގެންފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 90

މާލޭގައި ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު އޭނާއާ މާރާމާރީ ހިންގައި އޭނާގެ އަތުން ފޭރިގެންފި އެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ފޭރުމާޢި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި މާރާމާރީ ހިންގުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގައި ހައްޔަރުކުރި އެ މީހާގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ފަރާތާއި އިތުރު ބަޔަކު ބައިވެރިވެރިވެގެން މީހަކު ގެއަކަށް ގެންގޮސް ރަހީނުކޮށްފައިވާ ކަމަށެވެ. އަދި ރަހީނު ކުރި މީހާއަށް ތޫނު ހަތިޔާރަކުން ބިރު ދެއްކުމަށްފަހު ފޭރިގެންފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.