މަގު ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މާލޭގެ މަގެއްގެ މަތީ ކުނި ކަހަން ހުރި އަންހެނެެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށް ފަހު ފިލި ބަޔަކު ހޯދަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސައިކަލަކުން ޖެއްސީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި އުމުރުން 48 އަހަރުގެ ދިވެހި އަންހެނެއްގެ ގައިގާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރޭގެ 11:30 ހާއިރު ރިޕޯޓް ކުރި އެ ހާދިސާގަިއ ސައިކަލުން ޖެއްސި ދެ މީހުން މަޑުނުކޮށް، ފިލާފައިވާ ކަމަށާއި އެ ސައިކަލާ އެކު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ތަރާވީސް ނަމާދަށް ދާން ނުކުތް އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ރޭސިން ސައިކަލަކުން ޖެހި، އޭނާއަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.