ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ހޯދަނީ

A
10 ޖޫން 2024 19:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގައި އެ މަގުން ދުއްވާފައިދިޔަ ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ރޭ 23:17 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

ސައިކަލުގައި ތިބީ ދެ މީހުން ކަމަށާއި ކުނި ކަހަން ހުރި މީހާގެ ގައިގައި ސައިކަލް ޖެހުމުންވެސް މަޑުނުކޮށް، އެ ދެ މީހުން ފިލައިފައިވާކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އެ ސައިކަލާއެކު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.