ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ކާރަކުން ޖެހިއްޖެ، ޑްރައިވަރު ހައްޔަރުކޮށްފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ހުޅުލެއިން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފުލުސް މީހާ ހުރީ ހައިވޭ އާއި ބްރިޖާ ގުޅޭ ދިމާލުން މަގުގެ މެދުގަ އެވެ. އަދި ޓެކްސީގެ މިސްރާބު ބަދަލުކޮށްލި ވަގުތު ކޮންޓްރޯލުން ނެއްޓި ގޮސް ފުލުސް މީހާގެ ގައިގާ ޖެހުމުން އޭނާ ވިއްސައިގެން ގޮސް ވެއްޓޭތަން ފެނެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކްސިޑެންޓުވި ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.