އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ.

މި ފޯރަމްގައި ވަނީ ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމާ އިންވެސްޓަރުން ހޯދުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެއަރޕޯޓު އަޅާ ސަރަޙައްދުތައް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ.

ޗައިނާގެ ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް ހާމަކޮށްފައިވާއިރު، 11 މަޝްރޫއުއަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.