ސަރުކާރުން ދޭ ރޯދަ ހަދިޔާ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން، ރޯދަމަސް ނިމެންދެން ލިބޭނެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހަދިޔާކުރި ކާޑު އެސްޓީއޯގެ ގުދަނުން ދޫކުރާ ގޮތަށް ބަދަލުކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސަރަހައްދުން ނުގެންގޮސް ހުރި ފަރާތްތަކަށް މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ކާޑު ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ކަމަށާއި ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިފަހަރު ވެސް ކާޑު ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ކާޑު ބަލައި ދާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުކަމަށް އެސްޓީއޯ އިން ބުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.