ސައުދީއަށް ހަނދެއް ނުފެނުނު، އީދު ވާނީ ބުދައަށް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ސައުދީ އަރަބިއްޔާއަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަނޑައަޅައިފި އެވެ.

ސައުދީގެ ޗީފް އޮސްޓްރޮނަމާ އަބްދުﷲ އަލް-ހުދައިދީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އެ ގައުމަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އަދި އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

އިސްލާމީ ޝަރުއީ ހަމައަކީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން އަނެއް މަސް ފެށުނީ ކަމަށް ބެލުމެވެ. ނުވަތަ އެރޭ ހަނދު ނުފެނިއްޖެ ނަމަ އެ ހިނގާ މަހުން 30 ދުވަސް ހަމަކުރުމަށް ފަހު އަނެއް މަސް ފެށުމެވެ.

ރާއްޖޭގައިވެސް މިހާރު ދަނީ ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބަލަމުންނެވެ. ނަމަވެސް ނިންމުމެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.