ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

”ހަފްތާ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިތުރު ބަޔަކާ އެކު ތ. ވިލުފުއްޓާ އެއް ފަޅެއްގައި އޮންނަ ފަހަލައަށް ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ އާއިޝަތު ޝައިމާ ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖެކެވެ.

ދާއިމީ ރަށްވެހިކަން މާލޭގައި އޮތަސް، އެ ކުއްޖާ ވިލުފުށީ ވައިޖެހޭގޭގަައި ދިރިއުޅޭ އެ ރަށުގެ އާއިލާ އާއެކު ދިރިއުޅެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން އެނގިފައިވެ އެވެ.

ފުލުހުން ބުނީ ޝައިމާ ގެނބިގެން ވިލުފުށި ހެލްތް ސެންޓަރަށް ގެންދާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށާއި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.