މާފަންނު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރު އަލިފާން ރޯވީ މ. ރަބީއުވިލާ ގޭގެ ހަތަރުވަނަ ބުރީގައެވެ.

އެގޭގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރުނު އިރު، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފަ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ގޭގައި އަލިފާން ރޯވީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ހާދިސާގައި އެ ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.