ދާންދޫ އަންހެނަކު ގެއްލިގެން ހޯދާތާ 3 ދުވަސް، ފޯނަށް ނުގުޅޭތާ ވެސް ތިން ހަފްތާ ވެއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މާލެއިން އަންހެނަކު ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގއ. ދާންދޫ/ ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44އ. އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހުގެ 10:55 ހާއިރު ރިޕޯޓް ކުރި ކަމަށެވެ.

ނަމަވެސް މިހާތަނަށްވެސް އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، ޝަޒިއްޔާ ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ފޯނަށް ނުގުޅޭތާވެސް ތިން ހަފުތާ ވެފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޝަޒިއްޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.