އެންވަޔަރަމަންޓް މިނިސްޓްރީގައި 13 ޕޮލިޓިކަލް ޑިރެކްޓަރުން، ޑެޕިއުޓީ އަދި ސްޓޭޓުންނަށްވުރެ ގިނަ!

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކްލައިމެޓް ޗޭންގް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީއަށް ހަމަޖައްސާފައި ތިބި ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށްވުރެ އިތުރުވެއްޖެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އެ މިނިސްޓްރީއަށް ފަސް ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހަމަޖައްސާފައިވެ އެވެ.

ޕޮލިޓިކަލް ޑިރެކްޓަރަކަށް މުސާރައިގެ ގޮތުގައި 18،500ރ. ލިބޭއިރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް 25،000ރ. ލިބެ އެވެ. އެހެންކަމުން އެންވަޔަރަމަންޓް މިނިސްޓްރީގައި ތިބި ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރައަށް އެކަނިވެސް މަހަކު 292,500ރ. ހަރަދު ކުރާނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މި ވަގުތު 10 ޑެޕިއުޓީ މިނިސްޓަރުންނާއި 5 ސްޓޭޓް މިނިސްޓަރުން ތިއްބަވާއިރު އެ ބޭފުޅުންގެ މުސާރައަށް މަހަކު 510,000ރ. ހަރަދުވާނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.