ޑިސެމްބަރު މަހު ނައިބު ރައީސް ހުސެއިންގެ ތިން ދަތުރު: ދައުލަތުގެ ބަޖެޓުން ޖުމުލަ 3.8 މިލިއަން

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ރަސްމީ ތިން ދަތުރުފުޅަށް ޖުމުލަ 3.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނައިބް ރައީސް ހުސެއިން، އެ ތިން ދަތުރު ކުރައްވާފައިވަނީ ޖުމުލަ 24 ދުވަހުގެ ތެރޭގަ އެވެ. ދަތުރުތަކުގައި އެ މަނިކުފާނު ރާއްޖޭން ބޭރުގައި ހޭދަކުރެއްވީ 16 ދުވަހެވެ.

އެގޮތުން ފުރަތަމަ ދަތުރުގައި ވަޑައިގެންނެވީ ޗައިނާ އަށެވެ. އެ ދަތުރަށްފަހު ރާއްޖެ ވަޑައިނުގެން ނައިބް ރައީސް ވަޑައިގަތީ ޖެނީވާ އަށެވެ. އެއަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، 10 ދުވަސް ފަހުން ދެން ވަޑައިގެންނެވީ މޮންޓަނޭގްރޯ އަށެވެ.

ތިން ދަތުރަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދު:

  • ޗައިނާ ދަތުރަށް: 180،735.90ރ.

  • ޖެނީވާ ދަތުރަށް: 595،779.14ރ.

  • މޮންޓެނިގްރޯ ދަތުރަށް: 589،736.65ރ.

މި ތިން ދަތުރަށް ނައިބް ރައީސް ހުސެއިންގެ ޓިކެޓަށް އެކަނި 452,299ރ. ހަރަދުކޮށްފައިވާއިރު، ޕޮކެޓް މަނީއަށް 33,591ރ. ހަރަދުކޮށްފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.