އީދު ސަޔާއި ސަގާފީ ކުޅިވަރު ތަކާއެކު މާލެއަށް މިފަހަރު ކުލަގަދަ އީދެއް، ރޭގަނޑު ހަވާ އަރުވާނެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ގިނަ ސަގާފީ ކުޅިވަރުތަކާއެކު މާލޭގައި މި އަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެ އެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި 14 އެންޓަޓައިންމަންޓްގެ އިތުރުން ސިޓީ ކަންމަތި ސްޕޯޓްސް ރިކްރިއޭޝަން ކްލަބުންނެވެ.

އީދު ދުވަހު ކުރިއަށް ގެންދާ ހަރަކާތްތަކާއި ވަގުތުތައް:

  • 7:00: އެކުވެރި ދަނޑުގައި އީދު ނަމާދުކުރުން

  • 7:30: ދުވާ ޓްރެކުގައި އީދު ސަޔާއި ކުޑަކުދިންނަށް ހަދިޔާ ބެހުން

  • 9:30: ރަސްފަންނުގައި ފެން ކުޅުން

  • 4:00: އޮލިމްޕަސް ކައިރިން އާޓިފިޝަލް ބީޗަށް ބޮޑުމަހާއި މާލި ޕެރޭޑް

  • 4:00: ސަގާފީ ކުޅިވަރުތައް، މަޖީދީމަގު މާފަންނު މަދަރުސާ ކައިރި

  • 8:30: ސްޓޭޖް ޝޯއަކާއެކު ހަވާ އެރުވުން/ އާޓިފިޝަލް ބީޗުގައި

މި ހަރަކާތްތަކުގެ ތެރެއިން ސާދަ އެންޓަޓައިންމަންޓްގެ ފަރާތުން ކުރިއަށް ގެންދާ ފެން ކުޅުމުގެ ހަރަކާތުގައި ބައިވެރިވެވޭނީ 195 އަށް ދޭ ޓީޝާޓެއް ގަނެގެންނެވެ.

އަދި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުރިއަށް ގެންދާ މާލި ޕެރޭޑުގައި އާންމުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެންމެ ރީތި މާލި ނެރޭ މީހަކަށް ޓްރޭންކުއިލް ނެސްޓް ވާވުން ދެ މީހަކަށް ދެ ރޭގެ ހުރުން ދޭން ވަނީ ހަމަޖެހިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.