ހަރަމްފުޅުގެ އެންމެ މަތީ ބުރިން މީހަކު ފުންމާލައިފި، އަމިއްލައަށް މަރުވާން ކުރި ކަމެއްތޯ ބަލަނީ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މައްކާގައި ހުންނަ މަސްޖިދުލްހަރަމުގެ އެންމެ މަތީ ބުރިން މީހަކު އަމިއްލައަށް ފުންމާލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަދު ހިނގި އެ ހާދިސާގައި މާތްވެގެންވާ ގެފުޅުގެ ވަށައިގެން، ތަވާފްކުރަން އޮންނަ ސަރަހައްދަށް ފުންމާލި މީހާ ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، ސަލާމަތީ ބާރުތަކުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންނެވެ.

ފުންމާލީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އޭނާ ފުންމާލީ ކީއްވެގެން ކަމެއް އަދި ސާފުވެފައިނުވާ އިރު، ސަލާމަތީ ބާރުތަކުން ދަނީ އެއީ އަމިއްލައަށް މަރުވާން ކުރި ކަމެއްތޯ ބެލުމަށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރީންވެސް ހަރަމްފުޅުގެ އެންމެ މަތީބުރިން މީހުން އަމިއްލައަށް ފުންމާލާފައިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު އެގޮތަށް ފުންމާލި މީހަކު ވަނީ މަރުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.