ބޯވާ ނަގަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޯވާ ނަގަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ އިބްރާހީމް ޝަހީން (37އ)އެވެ.

ފުލުހުން ދެންމެ ބުނީ ޝަހީން، ހުޅުމާލެ ފޭސް ދޭކުން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ޝަހީން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 21:30 އެހާކަންހާއިރުއެވެ.

ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް އަދި މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިއިރު މިރޭ 11:50 ހާއިރު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.