ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ތަން ހެދުން: އާ ހާބަރު ބޭސިން ފުންކުރުން ކުރިއަށް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 12 މާޗް 2023ގަ އެވެ. މިއީ 73.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތް:

  • 28,393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން

  • 30,480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން

  • 12,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނަރު ފުންކުރުން

  • 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދެއްގައި ބޭރުތޮށި ލުން

  • 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުން

  • 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން

  • 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން

  • 246 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން

  • 249 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން

  • 11 މީޓަރުގެ ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން

  • 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން

  • 1990 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ހެދުން

  • ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.